އާންމުން ތައުރީފު ކުރަމުންދާ ފުލުސް މީހާގެ އަގު ވަޒަންކޮށްފި

އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި އެންމެ ހަލުވިކޮށް ފެތުރެމުންދިޔަ ޕޯސްޓަކީ މަރުގެ ތުންފަތްމަތީގައި އޮތް ކުޑަކުއްޖަކު ހޮސްޕިޓަލަށް ގެންގޮސްދިން ފުލުހެއްގެ ވާހަކައެވެ. އަންހެނަކު އޭނާގެ ދަރިފުޅު ވަރ...

18 Apr 2018 | 09:18

އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި އެންމެ ހަލުވިކޮށް ފެތުރެމުންދިޔަ ޕޯސްޓަކީ މަރުގެ ތުންފަތްމަތީގައި އޮތް ކުޑަކުއްޖަކު ހޮސްޕިޓަލަށް ގެންގޮސްދިން ފުލުހެއްގެ ވާހަކައެވެ.

އަންހެނަކު އޭނާގެ ދަރިފުޅު ވަރަށް ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ކާރަކަށް އަރައިގެން ދަނިކޮށް ޓްރެފިކްގައި ޖެހި މަޖީދީ މަގު ހެންވޭރު ދަނޑުކައިރީގައި ތާށިވެފައި އިނދެ އެ ކާރަށް ތަންދެއްކުމަށް މީހުން ކައިރީ ރޮއި އާދޭސްކުރި ވާހަކަ އޭނީ ފޭސްބުކުގައި ޖެހި އެވެ. އަދި އެކަކުވެސް އަޅާ ނުލާ ހުއްޓަ، ކުއްލިއަކަށް ކާރުގެ ދޮރު ހުޅުވާލާފައި އެ ފުލުސް މީހާ އޭނާގެ އަތް މަތީގައި އޮތް ކުއްޖާ ނަގައިގެން ކޮނޑަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ އެވެ.

އެ ހާދިސާ ދިމާވި ކަމަށްވަނީ ފާތިމަތު ޝިފްނާ ކިޔާ އަންހެނަކަށެވެ. އޭނާއަށް އެހީތެރިވި ފުލުސް މީހާ ފަހުން ދިމާވާ ގޮތް ނުވިކަމަށާއި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު ދިޔުމުން ޝިފްނާ ވަނީ އެ ފުލުސް މީހާ ހޯދައި ޝުކުރު އަދާ ކުރުމަށް އެ ވާހަކަ ފޭސްބުކްގައި ޖަހާފަ އެވެ. އެއާއި އެކު އެއީ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު ރިފާއު ކަން އެކި މީހުންގެ ފަރާތުން އެންމެންނަށް ހާމަވި އެވެ.

ސޯޝަލް މީޑިއާގައި ދަނީ ރިފާއުއަށް ޝުކުރު އަދާކޮށް ތައުރީފު އޮއްސަމުންނެވެ.

އެކަން މިހާރު ފުލުހުންގެ ފަރާތުންވެސް ފާހަގަކޮށްފި އެވެ. އެކަމުގެ އަގު ވަޒަންކޮށް ފުލުހުންގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ވަނީ ރިފާއުއަށް ހަދާނީ ލިޔުމެއް އަރުވާފައި އެވެ.

https://twitter.com/PoliceMv/status/986515088080187393

މި ރަސްމިއްޔާތުގައި ނަވާޒު ވިދާޅުވީ ކޮންމެ ފުލުހަކީވެސް ޕޮލިސް ރިފާއު ފަދަ ފުލުހަކަށްވެ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފަސްނުޖެހި ހިދުމަތް ކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެކަން ރިފާއު ސާބިތުކޮށްދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް