ވިންޓާ ތީމް ޕާކު ހިންގާނެ ފަރާތެއް ހޯދަނީ

ރަސްރަނި ބަގީޗާގައި ހަދަމުންދާ ފިނި މޫސުން އިހުސާސް ކުރުވައިދޭ ވިންޓާ ތީމް ޕާކު ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސ...

18 Apr 2018 | 07:42

ރަސްރަނި ބަގީޗާގައި ހަދަމުންދާ ފިނި މޫސުން އިހުސާސް ކުރުވައިދޭ ވިންޓާ ތީމް ޕާކު ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެތަން ހިންގަން ހަވާލުވާ ބަޔަކު އެ ތަނުގައި ކެފޭއެއް ހަދައި، ހިންގަން ޖެހެ އެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު، މި މަހުގެ 29 ވަނަ ދުވަހުގެ 11:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް އަގު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިންޓަ ތީމް ޕާކް އަންނަ އީދު ދުވަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެތަން ނުނިމި ލަސްވަނީ އެ ތަނަށް ބޭނުންވާ ކޭބަލްތައް އެޅުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިންޓާ ތީމް ޕާކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާ ތަނެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރުން ހަރަދުކުރާ މަޝްރޫއެއް ކަމަށެވެ.

ސަލްޓާން ޕާކު ތަރައްގީކޮށް "ރަސްރަނި ބަގީޗާ" ގެނަމުގައި އަލުން އުޅުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅު އެވެ. މިހާރު އެތަނަކީ ވަރަށް ހިތްގައިމު ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް