ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމްގެ މަސައްކަތް ފަށައިފި އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނީ ތެޔޮ ރައްކާ ކުރުމަށް ހަދާ މި ފާމްގައި ތިން ތެޔޮ ޓޭންކަރު ހުންނާނެ ކަމަށެވެ. މީގެ ކޮންމެ ޓޭންކަރެއްގެ ވަށަމިނުގައި 37 މީޓަރު ހުންނަނެ ކަމަށް ބުނެ އެވެ.
ތިން ޓޭންކަރުގެ ތެރެއިން އެއް ޓޭންކަރުގައި 45 މިލިއަން ލީޓަރުގެ ޖެޓަށް އަޅާ ތެޔޮ ރައްކާ ކުރެވޭނެ އެވެ. އަނެއް ޓޭންކަރުގައި 1.1 މިލިއަން ލީޓަރުގެ ޑީސަލް އަދި އަނެއް ޓޭންކަރުގައި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ އެވެ.
އެމްއޭސީއެލްއިން ބުނީ މިއީ މިހާރު ބޭނުންކުރާ ޓޭންކަރުތަކުކުގައި ތެޔޮ ރައްކާ ކުރާ މިންވަރުގެ ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ. މި ފާމް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރަލަށެވެ.
ވީއައިއޭގެ ތަރައްގީގެ މަޝްރޫއަކީ 800 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. އާ ރަންވޭގެ މަސައްކަތް ވަރަށް ހަލުއި ސްޕީޑުގައި މިހާރު ކުރިއަށް ދާ އިރު، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން އެއާޕޯޓުގައި އަޅާ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް