ދުނިޔޭގެ ކަނޑު އަޑީގައި ހަދާ ފުރަތަމަ ގެ ކޮންރެޑްގައި ހަދަނީ

ދުނިޔޭގެ ކަނޑު އަޑީގައި ހަދާ އެނެމް  ފުރަތަމަ ގެ ރާއްޖޭގެ ކޮންރެޑް މޯލްޑިވްސްގައި ހަދަން ފަށައިފި އެވެ. އެ ރިސޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނުވަ މީހުންގެ ޖާގައިގެ "މުރަކަ" ނަމަކަށް ކިޔާ އ...

18 Apr 2018 | 04:47

ދުނިޔޭގެ ކަނޑު އަޑީގައި ހަދާ އެނެމް  ފުރަތަމަ ގެ ރާއްޖޭގެ ކޮންރެޑް މޯލްޑިވްސްގައި ހަދަން ފަށައިފި އެވެ.

އެ ރިސޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނުވަ މީހުންގެ ޖާގައިގެ "މުރަކަ" ނަމަކަށް ކިޔާ އެ ގޭގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓާއަށް ނިންމާލެވޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެ ގެ ހުޅުވުމަށް ކަމަށެވެ.

ދެ ބުރިއަށް ހަދާ އެ ގޭގެ ނިދާ ކޮޓަރި ހުންނަނީ ކަނޑުއަޑީގަ އެވެ. ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އަދި ފާހާނާއެއް ކަނޑުއަޑީގައި ހުންނަ ސުއިޓްގައި ހުރެ އެވެ. ވަށް ސިޑިއަކުން ފައިބަން ޖެހޭ އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގަ އެވެ.

މުރަކަ ރެސިޑެންސްގެ މަތީ ފްލޯގައި ހިމެނެނީ ޓުވިން ސައިޒްގެ ބެޑްރޫމަކާއި ޕައުޑާ ރޫމް، ޖިމް، ބަޓްލާސް ކުއާޓާއަކާއި ޕްރައިވެޓް ސެކިއުރިޓީ ކުއާޓަރަކާއި ގުޅިފައި ހުންނަ ލިވިން ރޫމަކާއި ބަދިގެއެއް އަދި ޑައިނިން އަކާއި ބާ އެކެވެ. އަދި އެ ވިލާގެ ފަހަތުގައި އިރު އަރައިގެން އަންނަ މަންޒަރު ރީތިކޮށް ފެންނަ ގޮތަށް ހަދާ ޑެކްގައި އިންފިނިޓީ ސުވިމިން ޕޫލެއް ވެސް ހަދަން ނިންމާފައިވެ އެވެ. އެ ފްލޯގައި އިތުރު ކިންގް ސައިޒުގެ ބެޑްރޫމަކާއި މޫދު ފެންނަ ގޮތަށް އޮވެވޭ ބާތުޓަބެއް ހިމެނޭ ފާޚާނާއެއް ވެސް އެތަނުގައި ހުރެ އެވެ.

މުޅި ގެ ހެދުމަށް އެ ރިސޯޓުން 231.3 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. މި ގެ ހަދަނީ ނިއުޒިލޭންޑްގެ އެމް ޖޭ މާފީ ލިމިޓެޑް އާއި ގުޅިގެންނެވެ.

ކޮންރެޑް އަކީ މީގެ 13 އަހަރު ކުރިން ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓު ހުޅި ރިސޯޓެވެ. އެ ރިސޯޓުން ބުނީ މި ފަހަރު ހަދާ ގެ ފެނުމުން ޓޫރިސްޓުން ހައިރާން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް