ރާއްޖެ އާއި ފިލިޕިންސާއި ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ދިވެހިރާއްޖެއާއި ފިލިޕިންސާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމާ އެކު، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރ...

18 Apr 2018 | 03:58

ދިވެހިރާއްޖެއާއި ފިލިޕިންސާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާއި ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމާ އެކު، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލާާފައިވާ ކަމަަށެވެ. އެކަމަކު އެއްބަސްވުމުގެ ދަށުން އެއާލައިންތަކަށް ފުރުސަތު ހުޅުވާލާނެ ދުވަހެއް އަދި އެންމެ އަވަހަށް ދަތުރުތައް ފަށަން ހުއްދަ ދޭނެ ދުވަހެއް ހާމައެއް ނުކުރެ އެވެ..

ރާއްޖޭގައި ގިނަ އަދަދެއްގެ ފިލިޕިންސް މީހުން މަސައްކަތް ކުރާއިރު ޓޫރިސްޓުންގެ ގޮތުގައި ގިނަ ބަޔަކު ގެނައުމަށް ދެ ގައުމުގެ ދެމެދު ސީދާ ދަތުރުތައް ބޭއްވުމަކީ މުހިންމު ކަމެއްކަމަށް ދެ ގައުމުންވެސް ފާހަގަ ކުރާކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިވާނެ ކަމަށްވެސް ބުނެ އެވެ.

ރާއްޖެ އާއި 46 ގައުމަކާ އެކު މިހާރު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ގާއިމް ކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި 36 މަންޒިލަކުން 31 އެއާލައިން ރާއްޖެ އަށް އޮޕަރޭޓް ކުރަމުން އަންނަަ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް