ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާޜު ކުރަމުންދާ ވިއްސާރައިގަ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރާ މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަަކށް ވައިޓް އެލާޓު ނެރެފި އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އދ، އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނީ މި އަތޮޅުތަަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކަމަކު ވައި މާގަދަވާނެ ކަމަށް ލަފާއެއް ނުކުރެ އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު8:45 ން މެންދުރު 1:00 އަށެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ދެ މޫސުން ބައްދާ ވިއްސާރަ ކަމަށެވެ.
ވައިޓް އެލަޓު ނެރެނީ ދިމާވެދާނެ ހާދިސާއަކަށް ސަމާލުކަން ދިނުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް