ކަޕިލް ފަހަތައް ޖައްސާލުމަށް ފަހު ސުނިލް ކުރި އަރަނީ

އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރާއި ދެމެދު ޖެހުނު މައްސަލަ ގަނޑުގައި ކުރި ލިބެމުން ދަނީ ސުނިލް ގްރޯވަރަށް ކަމަށް މީގެ ކުރިންވެސް ނޫސްތަކުގައި ރިޕޯޓުކޮށްފަ...

18 Apr 2018 | 03:25

އިންޑިއާގެ މަޝްހޫރު ދެ ކޮމީޑިއަނުން ކަމަށްވާ ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރާއި ދެމެދު ޖެހުނު މައްސަލަ ގަނޑުގައި ކުރި ލިބެމުން ދަނީ ސުނިލް ގްރޯވަރަށް ކަމަށް މީގެ ކުރިންވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ޖެހުނު މައްސަލަތަކާއި ގުޅިގެން ކަޕިލްގެ މަޝްހޫރު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ހުއްޓާލަން ޖެހުނެވެ. އަދި ފަހުން ސޮނީން ދައްކަން ފެށި ކަޕިލް ގެ "ފެމިލީ ޓައިމް ވިތް ކަޕިލް" ވެސް މިވަނީ ހުއްޓާލަން ޖެހިފައި އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި ކަޕިް މިހާރު ދަނީ ޑިޕްރެޝަން ތަހައްމަލް ކުރަމުންނެވެ. އޭގެ ސަބަބުން އޭނާގެ ކެރިއަރަށް ހިޔަނި އެޅެމުންދާ ކަމަށެވެ.

އެކަމަކު "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ފަހު ސުނިލްގެ މަޝްހޫރު ކަމާއި ލިބެމުންދާ ފުރުސަތުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އޭނާއަށް ވަނީ ވިޝާލް ބަރަދްވާންގެ ބޮލީވުޑް ފިލްމު "ޗައުރިޔާން" ގެ ލީޑްރޯލް ކުޅެން ލިބިފަ އެވެ. ހެއްވާ މަޖާ އެ ފިލްމުގައި ސުނިލް އާއި އެކު ލީދް ރޯލުން ފެނިގެންދާ އަންހެން ތަރިއަކީ ފިލްމު "ދަންގާލް" ގެ ތަރި ސަންޔާ މަލޯތްރާއެވެ.

ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ފިލްމަކީ ރާޖަސްތާންގައި ކުޅޭ ފިލްމެއް ކަމަށް ވިޝާލް ބުނެފައިވެ އެވެ.

ކަޕިލް މިހާރު އެއްވެސް މަސައްކަތެއް ނެތިފަ ހުރި އިރު ސުނިލް ގެންދަނީ އިންޑިއާގައި ކުރިޔަށްދާ އެންމެ ވަރުގަދަ މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގުގައި ޝޯއެއް ހުށަހަޅައިދެމުންނެވެ. އަދި ކަޕިލްގެ ޝޯއަށް ފަހު އޭނާ ވަނީ އިންޑިއަން އައިޑޯލް 9، ސުޕާ ނައިޓް ފަދަ ޝޯތަކުން މެހެމާހެއްގެ ގޮތުގައި ފެނިގެން ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް