އިޒްރޭލުގެ މޮސާޑަށް ޖާސޫސުކޮށްދިން މީހަކު އީރާނުގައި ދަންޖައްސައި މަރައިފި

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް އީރާނުގައި މިއަދު ތަންފީޒުކޮށްފައިވާ ކަމަށް އީރާނުގެ ރަސްމީ ޚަބަރު ފެތުރާ އިދާރާ ތަ...

18 Mar 2026 | 06:20
N/A

N/A

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް އީރާނުގައި މިއަދު ތަންފީޒުކޮށްފައިވާ ކަމަށް އީރާނުގެ ރަސްމީ ޚަބަރު ފެތުރާ އިދާރާ ތަސްނީމުން ބުނެފިއެވެ.

ތަސްނީމުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މީހާ ވަނީ އީރާނުގެ ހައްސާސް ސަރަހައްދުތަކުގެ ފޮޓޯ އާއި މައުލޫމާތު މޮސާޑުގެ އޮފިސަރުންނަށް ފޯރުކޮށްދީފައެވެ. ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ސުޕްރީމް ކޯޓުން ހުކުމް ދެމެހެއްޓުމާ އެކު މިއަދު ހެނދުނު މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ތަސްނީމުން ބުނެއެވެ.

ތަސްނީމުން ބުނީ އެ މީހާ ސްވީޑެންގައި ހުރި ދުވަސްވަރު، ގްރޫޕް ޓްރެވެލް އިޝްތިހާރު ކުރާ ލިންކެއްގައި އޭނާގެ މައުލޫމާތު ޝާއިއުކުރުމުން، އިޒްރޭލުގެ ޖާސޫސީ އިދާރާއިން އޮންލައިންކޮށް އޭނާ ރެކްރޫޓުކުރި ކަމަށެވެ. ފާރިސީ ބަހުން ވާހަކަ ދައްކާ މޮސާޑުގެ އޮފިސަރެއް ފުރަތަމަ މުއާމަލާތުކުރި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން އެ މީހާ ހައްޔަރުކުރީ މިދިޔަ ޖޫން މަހު، އިޒްރޭލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ ސަވޮޖްބޮލާޣް ސިޓީންނެވެ. ހައްޔަރުކުރި އިރު އެ މީހާގެ އަތުގައި ޒަމާނީ ޖާސޫސީ އާލާތްތަކާއި ސެޓެލައިޓް މުވާސަލާތީ ވަސީލަތްތައް ހުރި ކަމަށް ތަސްނީމުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް