ކޯވިޑް-19: ދެ ހަރަމްފުޅު ފިޔަވާ ހުރިހާ މިސްކިތެއްގައި ނަމާދު ކުރުން ސައުދީގައި މަނާކޮށްފި

ކޮރޯނާ ވައިރަސް ފެތުރެމުންދާތީީ ރައްކާތެރިކަމުގެ ފިިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން މާތްވެގެންވާ ދެ ހަރަމްފުޅު ފިޔާ ހުރިހާ މިސްކިތެއް ބަންދުކޮށްފި އެވެ. މިގޮތަށް ނިންމީ  އެ ގައުމުގެ ސީނިއާ އިލ...

18 Mar 2020 | 02:22

ކޮރޯނާ ވައިރަސް ފެތުރެމުންދާތީީ ރައްކާތެރިކަމުގެ ފިިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން މާތްވެގެންވާ ދެ ހަރަމްފުޅު ފިޔާ ހުރިހާ މިސްކިތެއް ބަންދުކޮށްފި އެވެ.

މިގޮތަށް ނިންމީ  އެ ގައުމުގެ ސީނިއާ އިލްވެރިން ހިމެނޭ ކައުންސިލުންނެވެ.

މި ނިންމުމުގެ ދަށުން މިއަދުން ފެށިގެން ދެ ހަރަމްފުޅު ފިޔަވާ އެހެން މިސްކިތްތަކުގައި ގޮވާނީ ހަމައެކަނި ބަންގިއެވެ. އެކަމަކު ޖަމާއަތް ހަދައިގެން ފަރުޟު ފަސް ނަމާދު ކުރުމެއް ނޯންނާނެ އެވެ.

އަދި އެ ގައުމުގައި ހުކުރު ނަމާދުވެސް ކުރާނީ މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ އާއި މައްކާގައި ހުންނަ މަސްޖިދުލް ހަރަމް ގައި އެކަންޏެވެ.

އެ ކައުންސިލުން ބުނީ މިގޮތަށް ނިންމީ ކޮރޯނާ ވައިރަހަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ އެވެ. ކައުންސިލުން ދެކޭ ގޮތުގައި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފި ނަމަ ބަލި މިހާރު ފެތުރޭ މިންވަރު ދެ ގުނަ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ސައުދީން ވަނީ ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އުމްރާވުން މަނާކޮށްފައި އެވެ. އަދި އިހުރާމްގައި މަސްޖިދުލް ހަރަމްއަށް ދިއުން ވަނީ މަނާކޮށްފައި އެވެ.

ސައުދީ ބައެއް ސިޓީތަކާއި ހުރިހާ ސްކޫލްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައި އެވެ. ސައުދީން ވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ހުއްޓާލައިފަ އެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 171 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ އަލަށް 38 މީހުންނަށް ޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް