ގެމަނަފުށީ ދާއިރާގެ ލޭބަ ޕާޓީ ކެންްޑިޑޭޓް، ޖޭޕީ ކެނޑިޑޭޓް އަލީ އާދިލަށް ތާއީދުކުރަން ނިންމައިފި
ގެމަނަފުށީ ދާއިރާއަށް ލޭބާ ޕާޓީއިން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު އިލަހާމް، އެ ދާއިރާއަށް ވާދަކުރާ ޖޭޕީ، ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓު އަލީ އާދިލްއަށް ތާއީދުކުރަން ނިންމައިފިއެވެ.
ދުވަހަށް މިކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އޭނާ ނަން އަނބުރާ ނެގުމަށް މިހާރު އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އާދިލް ވިދާޅުވީ، އިލްހާމް އާދިލްގެ ފަހަތުގައި މަސައްކަތް ކުރަން ނުކުތުމަކީ ވަރަށް އުފަވާ ކަމެއް ކަމުގައެވެ. އަދި މިއީ އިންތިހާބު ކާމިޔާބުކުރަން ލިބުނު ހިތްވަރެއް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވި ގޮތުގައި މިހާރު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އިންޝާﷲ އެބަ އޮތެވެ. އާދިލްގެ ކެނޑިޑޭޓް ނަމްބަރަކީ 1 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް