މުޣްނީއަށް ކުރި ތާއީދު އެމްޑީޕީއިން އަނބުރާ ގެންގޮސްފި

އާންމު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރަށް ވާދަކުރާ އަބްދުލް މުގްނީއަށް އެ ޕާޓީއިން ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ. އެމްޑީޕީ އިން މުޣްނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ ...

18 Mar 2019 | 10:38

އާންމު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރަށް ވާދަކުރާ އަބްދުލް މުގްނީއަށް އެ ޕާޓީއިން ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

އެމްޑީޕީ އިން މުޣްނީއަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތު ތަކާ ގުޅުގެންނެވެ.

އެ ތުހުމަތު ތަކާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮއް، އެމްޑީޕީން މުގްނީ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމާ އެކު، ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ.

އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި، މަޖިލީހަށް އެ ޕާޓީން ވާދަކުރާ ބައެއް ކެންޑިޑޭޓުން ވެސް ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

އަދި ހަމައެއާއެކު ގެވެށި އަނިޔާފަދަ ސީރިއަސް ތުހުމަތެއް ކުރެވޭ ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އެމްޑީޕީން ނިންމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވިޓާގައި އެ ޕާޓީ އަށް މަރުހަބާ ކިޔާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް