ޖޭސްމީން ޕްލާންޓް ގޭގައި ބެހެއްޓުމުން ޑިޕްރެޝަން، އެންޒައިޓީ، ޕެނިކް އަޓޭކް އަދި ސްޓްރެސް އާ ދުރުކޮއްދޭ ކަމަށް ދިރާސާތަކުން ހާމަ ކޮއްފިއެވެ.
މި ދިރާސާތަކުން ދައްކުވައިދޭ ގޮތުގައި، ސްޓްރެސް އާއި އޮކްސިޖަން ލެވެލް އާއި ވަނީ ގުޅިފައެވެ. އަދި ގިނަ އަދަދެއްގެ ޓޮކްސިންސް ވައިގެ ތެރޭގައި ވާނަމަ އެންޒައިޓީ އަދި ސްޓްރެސް އިތުރު ވާކަމަށް ވެސް މި ދިރާސާގައި ހާމަކޮއްފައިވެއެވެ.
މި ކަން ދިރާސާ ކުރުމުގެ ގޮތުން ވީލިންގް ޖެސޫޓް ޔުނިވާސިޓީ އިން ކުރި އެކްސްޕެރިމެންޓްއަކުން ދެއްކި ގޮތުގައި ޖޭސްމީން ޕްލާންޓް ގޭގައި ބެހެއްޓުމުން ރަނގަޅަށް ނިދި ލިބެއެވެ. އަދި މި ޕްލާންޓްގެ ސަބަބުން ކިޔެވުމަށް ބޮޑަށް އިސްކަންދެވެއެވެ.
ސްލީޕިންގް ޕިލްސް، އެންޓި- އެންޒައިޓީ ބޭސް އަދި ސެޑޭޓިވްސްއަށް ވުރެ ޖޭސްމީން ރަނގަޅު ކަމަށްވެސް މި ދިރާސާތަކުން ދައްކުވައިދިނެވެ.
ޖޭސްމީން ތެލަކީވެސް މިކަމަށް އެހީވެދޭ އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް