މީޑިއާ ކައުންސިލާއި ބަހުގެ އެކެޑަމީ ގުޅިގެން ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރައްވާ ނޫސްވެރިންނާއި، ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކުގައި ޚަބަރާއި މައުލޫމާތު ފަތުރުއްވަން މަސައްކަތް ކުރައްވާ މުވައްޒަފުންނަށް، ދިވެހި ބަހުގެ ހަމަތަކާއި ނޫ...

18 Mar 2019 | 09:55

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރައްވާ ނޫސްވެރިންނާއި، ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކުގައި ޚަބަރާއި މައުލޫމާތު ފަތުރުއްވަން މަސައްކަތް ކުރައްވާ މުވައްޒަފުންނަށް، ދިވެހި ބަހުގެ ހަމަތަކާއި ނޫސް ލިއުމުގެ އުސޫލުތަކާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ތަމްރީނު ކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ދިވެހި ބަހުގެ އެކަޑެމީއާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ހިންގަން ނިންމައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާތަކުން ބައިވެރިކުރުވަން ބޭނުންވާ ނޫސްވެރިންނާއި، ދައުލަތުގެ އެންމެހާ އިދާރާތަކާއި ކުންފުނިތަކުން، މި ޕްރޮގްރާމުގައި ބައިވެރި ކުރަން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު 28 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން މީޑިއާ ކައުންސިލްއަށް ހުށަހެޅުމަށެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 14 އެޕްރީލް 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް