މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލުތަކުގެ ދަށަށް ބަދަލުކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނުގައި ވާގޮތަށް ރަށްރަށުގެ މިސްކިއްތައް ބެލެހެއްޓުން ރަށު ކައުންސިލް ތަކުގެ ދަށަށް ބަދަލުކުރުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ، މިސްކިއްތައް ފޮޅާ ސާފު ކުރުމާއި، މިސްކިތްތަކުގެ މުވައްޒަފުން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް އަންނަ މަހުން ފެށިގެން ކައުންސިލް އިދާރާތަކުން ކުރަން ޖެހޭނެ ކަމަށެވެ.
މުވައްޒަފުންގެ މުސާރަ އެލަވަންސް އަދި އިނާޔަތްތައް މި މަހުގެ ނިޔަލަށް ދޭނެ ކަމަށާއި، މުވައްޒަފުންނާއި ބަޖެޓު ކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް