ގްރޭޑް 9 އަށް ވަގުތީ ގޮތުން ދެ މާއްދާ ކިޔަވަދިނުން ހުއްޓާލައިފި

ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑު 9 އަށް އަލަށް ތައާރަފުކޮއްފައިވާ ސޯޝަލް ސްޓަޑީޒް އާއި ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. މި އަހަރު ތައާރަފުކުރި މަ...

18 Mar 2019 | 08:07

ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑު 9 އަށް އަލަށް ތައާރަފުކޮއްފައިވާ ސޯޝަލް ސްޓަޑީޒް އާއި ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މި އަހަރު ތައާރަފުކުރި މަންހަޖުގައި ހިމެނޭ ދެ މާއްދާ ކިޔަވައިދޭން އެކަށީގެންވާ ވަރަށް ޓީޗަރުން ތަމްރީނުކޮށްފައި ނުވާތީ ދަތިތަކާ ދިމާވެފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ސްޓޭޖަށް ދަރިވަރުން އިމްތިހާނުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވެންދެން މި ދެ މާއްދާ ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މި ދެ މާއްދާއަށް ޓައިމް ޓޭބަލްގައި ކަނޑައެޅިފައިވާ ވަގުތުގައި މަޖުބޫރު މާއްދާތަކަށް އެއް ގަޑި އިތުރުކޮށްގެން ކިޔަވައިދޭނުމަށް ވެސް ވަނީ  ސާކިއުލާގައި އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް