މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަނީ

މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހުރިހާ މަގެއް ތަރައްގީ ކުރަން ޖެހ...

18 Mar 2019 | 07:25

މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ހުރިހާ މަގެއް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށާއި، އެކަން ކުރާނީ މަގުތަކުގައި ތާރު އަޅައިގެން ކަމަށް، ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ މަގެއްގައި ތާރު އަޅަން ނިންމި އިރު، ތާރު ނާޅާނެ ދެ މަގެއް ޝަމާއު ވިދާޅެއް ނުވެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި، މަގުތަކުގެ އެހެނިހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓެންޓްއެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި އާޅާފައި ހުރި ޑީވޯޓަރިން ހޮޅިތައް ވެސް ނަގަން ފަށާފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

މަގުތަކުގައި އަޅާފައިހުރި ހޮޅިތަކުގެ ތެރޭގައި އެއްވެސް ވަރަކަށް ބޭނުން ނުކުރާ ހޮޅިތައް ހިމެނޭ ކަމަށާއި، އެ ހޮޅިތަކާއި ނަން ނުޖަހައި، ގަވައިދާ ހިލާފަށް އަޅާފައި ހުރި ހޮޅިތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ނަގަމުން އަންނަ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް