އިނގުރައިދޫ ދާއިރާގެ އަދާލަތު ޕާޓީ ކެނޑިޑޭޓް، އަހުމަދު ހުސައިންގެ ކެމްޕެއިން ޖަހަގައެއް ރޭގައި މާލޭގައި ހުޅުވައިފިއެވެ.
"މިފަހަރު އަހުމަދު" ގެ ނަމުގައި ހުޅުވި ޖަގަހަ ހުޅުވައިދެއްވީ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ އެވެ.
ގިނަ އަދަދެއްގެ ޒުވާނުންބައިވެރިވި ރޭގެ ހަފްލާގައި، ކެންޑިޑޭޓް އަހުމަދު ހުސައިންވެސް ވަނީ ބައިވެރިވެފައެވެ.
އަހުމަދު މިހާރު އަންނަނީ މާލޭގައި ދިރިއުޅޭ ދާއިރާގެ މީހުން އުޅޭ ގެތަކަށް ޒިއާރަތް ކުރައްވަމުންނެވެ.
"މިފަހަރު އަހުމަދު" ގެ ސްލޯގަންގައި ދާއިރާގެ ހުރިހާ ރަށެއްގައިވެސް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. އަހުމަދުގެ ކެނޑިޑޭޓް ނަމްބަރަކީ 5އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް