ގިނަ އަދަދަކަށް ބަނގުރާ އުފައްދަމުންދިޔަ ތަނަކަށް ފުލުހުން ވަދެ ގިނަ އަދަދެއްގެ ބަނގުރާ ހޯދާ އެ މައްސަލައިގާ ބަޔަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ރޭ ބުނެފައިވަނީ އެ ގެއަކީ މައްޗަންގޯޅީގައި ހުރި ގެއެއް ކަމަށާއި އެ ގެ ބަލާ ފާސްކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.
"ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 500 އެމްއެލްގެ 888 ފުޅި، ފަސް ލީޓަރުގެ ހަ ފުޅި 14 ޓައްޕު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ބަންގްލަދޭޝް އަށް ނިސްބަތްވާ އަށް ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް