ބ ތުޅާދޫ ކައުންސިލާއި ބ ކަމަދޫ ކައުންސިލް ރޫޅާލަން ޖެހިދާނެ ކަމުގެ އިންޒާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފި އެވެ.
މި އިންޒާރު ދީފައިވަނީ އެ ދެ ކައުންސިލަށް އެލްޖީއޭއިން ފޮނުވާފައިވާ ދެ ސިޓީއެއްގައި އެވެ.
އެގޮތުން ސިޓީ ފޮނުވާފައިވަނީ ކަމަދޫ ކައުންސިލްގެ މެންބަރު އަހްމަދު ސަމީރަށާއި ތުޅާދޫ ކައުންސިލް މެންބަރު މުހައްމަދު ތައުރީފަށެެވެ.
މި ދެ ކައުންސިލަށްވެސް އިންޒާރު ދީފައިވަނީ ގަރާރެއް ފާސްކުރި މައްސަލައިގާ އެވެ. އަދި އެ ގަރާރު ފާސްކުރުމަށް ވޯޓުދިން މެންބަރުންވެސް ވަނީ ސަސްޕެންޑް ކޮށްފައި އެވެ. އެގޮތުން ބ ކަމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝިދާއި އެ ކައުންސިލްގެ ނައިބުރައީސް އަހްްމަދު ސާޖިދު މުސާރަ ނުލިބޭގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވެ އެެވެ.
އަދި ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދާއި ކައުންސިލްގެ ނައިބުރައީސް ޒާއިދު ރަޝީދު މުސާރައާއި އިނާޔަތްްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައި ވެ އެވެ.
މި ދެ ކަައުންސިލަށްވެސް އަންގާފައިވަނީ އެފަދަ (ދަށު ދަރަޖައިގެ) ކުށެއް ތަކުރާރު ނުކުރުމަށެވެ. އަދި ތަކުރާރު ކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް