އައްޑޫ ސިޓީ ކައުންސިލް އުވާލާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފި އެވެ.
އެލްޖީއޭއިން މިކަން އަންގާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައުދީ ހަސަނަށް އެލްޖީއޭއިން ފޮނުވާފައިވާ ސިޓީއެއްގައި އެވެ.
އެ ސިޓީގައިވާގޮތުން މި އިންޒާރު ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ފާސްކުރި ނޫސްބަޔާނަކާއި ގުޅިގެންނެނެވެ. އެ ނޫސްބަޔާން ފާސްކުރަން ސޮއި ކުރި ތިން މެމްބަރުން އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވެސް ވެ އެވެ. އެއީ މޭޔަރު އަބްދުﷲ ސާދިގާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފާއި ކައުންސިލަރު ޖަމްޝީދު މުހައްމަދާއި ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ.
އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވަނީ އެ ދަރަޖައިގެ ކުށެއް ތަކުރާރުކޮށްދިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ. ަ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް