ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފި އެވެ.
މި ދައުވާ ހަސަންގެ މައްޗަށް އުފުލައި މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ތާވަލު ކޮށްފަ އެވެ. ހަސަން ސައީދުގެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.
ހަސަން ސައީދުގެ މައްސަލަ މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން އެއް ދައުވާ އާއި ގުޅޭ މައްސަލައެއްގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވެ އެވެ. އެ އަޑުއެހުން މިއަދު ނިންމާލީ ޖަވާބުދާރީ ވުމަށް އުއްތަމަ ފަނޑިޔާރަށް ފަސް ދުވަހުގެ މުއްދަތެއް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް