ޖަވާބުދާރީ ވާން އުއްތަމަ ފަނޑިޔާރަށް ފަސް ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފި އެވެ. ޝަރީއަތުގެ އަޑ...

18 Mar 2018 | 12:54

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިއަށްގެންގޮސްފައިވާއިރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށަކުން ނޫނެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ގާނޫނު ސަސްޕެންޑް ކޮށްފައިވާތީ އެވެ. މިއީ އާބިޓްރެރީ ޝަރީއަތެއް ކަމަށްވެސް މިއަޑުގެ އަޑުއެހުމުގައި ގާޒީ ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު މިއަދު ކުރިއަށް ގެންގޮސްފައިވަނީ އޭގެ ތެރެއިން ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުމެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އުފުލާފައިވާ ދެވަނަ ދައުވާ އަކީ ހެކި ނައްތާލި ކަމުގެ ދައުވާ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށްވެސް ހެކި ނައްތާލުމުގެ ދައުވާ އުފުލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް