ކުރީގެ މެމްބަރު ނާޒިމް އާއި ގުޅޭ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ގުޅޭ މައްސަލަތަކެއްގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި މާދަމައަށް ތާވަލް ކޮށްފި އެވެ. އެގޮތުނ...

18 Mar 2018 | 12:09

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ގުޅޭ މައްސަލަތަކެއްގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުގައި މާދަމައަށް ތާވަލް ކޮށްފި އެވެ.

އެގޮތުން ތިން މައްސަލައެއް ތާވަލު ކޮށްފައިވާއިރު އެ ތިން މައްސަލައަކީވެސް މަކަރާއި ހީލަތް ހެދުމުގެ ތިން މައްސަލަ ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވެ އެވެ.

މި ތިން މައްސަލައިގާވެސް ދައުވާ އުފުލާފައިވަނީ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ތިން މައްސަލައިގެ ތެރޭން ފުރަތަމަ މައްސަލަ މާދަމާ މެންދުރުފަހު 14:00 އަށް ތާވަލު ކޮށްފައިވާއިރު ދެވަނަ މައްސަލަ ތާވަލު ކޮށްފައިވަނީ 14:30 އަށެވެ. ތިން ވަނަ މައްސަލަ ތާވަލު ކޮށްފައިވަނީ 15:00 އަށެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހްމަދު ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދަ ލިބިގެން 10 ޑިސެމްބަރު 2015ގައި އެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖެ ވަޑައިނުގެން ފިއްލަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް