އިލްހާމް އާއި ސިނާނުގެ ބަންދަށް 15 ދުވަސް ޖަހައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ސިނާނުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހ...

18 Mar 2018 | 08:42

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ސިނާނުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި ދެ މެންބަރުން ހައްޔަރުކޮށް، ކޮށްފައިވަނީ ރިޝްވަތު ހިފުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ.

މި ދެ މެންބަރުން ހައްޔަރު ކުރީ ރާއްޖެއިން ބޭރުގައި ހަމަހަށްވުރެ ިނަ ދުވަހު އުޅުއްވުމަށް ފަހު މާލެ ވަޑައިގެންނެވުމުންނެވެ. ހޯދަން އިއުލާނު ކުރުމުން ސިނާން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވި ނަމަވެސް އިލްހާމް ހާޒިރުވީ އޭނާގެ އަންހެނުންނާއި ކޮއްކޮ ފުލުހުންގެ އިދާރާގައި ހިފެހެއްޓުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް