ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އިލްހާމް އަހުމަދު އާއި އޭނާގެ ކޮއްކޮ އާދަމް ޒާލިފް މިއަދު ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ދެމީހުންވެސް ކޯޓަށް ހާޒިރު ކުރަން ނިންމާފައިވަނީ މިއަދު 11:00 އަށެވެ.
އިލްހާމްގެ އަނބިކަނބަލުން އާމިނަތު މާޝާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު 11 ޖަހާއިރު ފިރިމީހާ، އިލްހާމް ބަންދުގެ ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އަވަހަށް މިނިވަން ވާނެ ކަމަށް އުންމީދު ކުރާ ކަމުގައިވެސް މާޝާގެ ޓްވީޓްގައި ވެ އެވެ.
އެމްޕީ އިލްހާމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އަންނަނީ ކޯޓަށް ހާޒިރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް