އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ ޝަރިއަތް ފަށަން މިއަދަށް ތާވަލް ކޮށްފި އެވެ.
އެމަނިކުފާނުގެ މަައްޗަށް ކުރާ ތުހުމަތުތަކުގެ ތެރެެއިން މިއަދު ޝަރީއަތް އޮތީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތެވެ. މި ޝަރީއަތް ތާވަލު ކޮށްފައިވަނީ މެންދުރު ފަހު 3:00 އަށެވެ.
ދައުލަތުން އެ ދައުވާ އުފުލާފައިވަނީ ރައީސް އޮފީހުގެ ހަތަރު ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވުމުން އީ-ގަވަރްމެންޓް ނިޒާމް ބޭނުން ނުކުރެވޭ ގޮތް ހެދި ކަމަށް ބުނެ އެވެ. އެކަމަކު، ފުލުހުންގެ އެ ތުހުމަތު އުއްތަމަ ފަނޑިޔާރު ދޮގު ކުރައްވަ އެވެ.
އުއްތަމަ ފަނޑިޔާރު ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި އެވެ. އެމަނިކުފާނު ހައްޔަރު ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ހެކި ނައްތާލުމުގެ ދައުވާކުރުމަށް ވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވެ އެވެ. މިދައުވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ އުފުލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް