ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން ދޫކޮށްލައިފި އެވެ.
ރޭގެ ވަގުތެއްގައި ފަޒީން ދޫކޮށްލާފައިވާއިރު އޭނާ ހައްޔަރު ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އިދިކޮޅުން ކުރިއަށްގެންދިޔަ "ހުއްޓުވާ" މުޒާހަރާގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެވެ.
ނަމަވެސް ފަޒީން އާއި ހަވާލާދީ ރާއްޖެ ޓީވީން ބުނެފައިވާގޮތުގައި ފަޒީން ހައްޔަރު ކުރީ އޮފީހުން ގެއަށް ދިޔަ މަގުމަތީގައި، މަޖީދީ މަގުގައި ޓްރެފިކްގައި ޖެހިފައި ހުއްޓައެވެ.
ފަޒީން ބުނެފައިވަނީ ގާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރި ނަމަވެސް އެ ލިޔުމުގައި އޭޭނާ ސޮއި ނުކުރާ ކަމަށެވެ. އަދި ބަންދުން ދޫކޮށްލުމަށްފަހު ޗިޓެއްވެސް ހަވާލުކޮށްފައި ނުވާކަމަށެވެ.
ފަޒީން ދޫކޮށްލާފައިވާއިރު ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ހަމަ އެ ސްޓޭޝަންގެ އާމިރު ސަލީމް ވެސް ވަނީ ހައްޔަރު ކޮށްފައި އެވެ. އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ނަމުގައި ވީޑިއޯއެއް ހަދައި ފުލުހުންނަށް އިންޒާރު ދިންކަމުގެ ތުހުމަތެވެ. އެ ތުހުމަތުގައި އެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު 10 ދުވަހަށް ވަނީ ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް