އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން 15 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭގެ މުޒާހަރާއިން ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި 14 ފިރިހެނުން ކަމަށެވެ.
ރޭގެ މުޒާހަރާއިން 15 މީހަކު ހައްޔަރު ކޮށްފައިވާއިރު ހުކުރު ދުވަހުގެ ރޭ ބޭއްވި "ހުއްޓުވާ" މުޒާހަރާގެ ތެރޭން 141 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭން ފަސް މީހުން ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ދޫކޮށްލާފައި އެވެ.
"ހުއްޓުވާ" މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު އިދިކޮޅު ގިނަ ބަޔަކު ކުރިއަށްގެންދިޔަ އެ މުޒާހަރާ އެރޭ ދަންވަރު 02:00 އަށްވުރެ ލަސްވަންދެން ކުރިއަށް ގެންދިޔަ އެވެ. އިދިކޮޅުން ބުނެފައިވަނީ މުޒާހަރާގެ މަގުސަދު ހާސިލު ވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް