މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ "ހުއްޓުވާ" މުޒާހަރާގެ ތެރޭން ހައްޔަރު ކުރި މީހުންގެ ތެރޭން ފަސް މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާގޮތުގައި އެ މުޒާހަރާގެ ތެރޭން 141 މީހަކު ހައްޔަރު ކުރި އެވެ. އަދި ހަމަ އެރޭ އޭގެ ތެރެއިން ދެ ފިރިހެނަކު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.
"ހުއްޓުވާ" މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު އިދިކޮޅު ގިނަ ބަޔަކު ކުރިއަށްގެންދިޔަ އެ މުޒާހަރާ އެރޭ ދަންވަރު 02:00 އަށްވުރެ ލަސްވަންދެން ކުރިއަށް ގެންދިޔަ އެވެ. އިދިކޮޅުން ބުނެފައިވަނީ މުޒާހަރާގެ މަގުސަދު ހާސިލު ވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް