އަފްގާނުގައި ދެމަފރިއަކު އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިއަށް ޑޮނާލްޑް ޓްރަމްޕް ކިޔުމުން އެކަން ބޮޑު މައްސަލައަކަށްވެ އެ ދެމަފިރިންނަށް އެ ސަރަހައްދުގެ ރައްޔިތުން ފުރައްސާރަ ކުރަން ފަށައިފި އެވެ.
މި މައްސަލަ ހޫނުވެގެން ގޮސްފައިވަނީ އެ ކުއްޖާގެ އައިޑީ ޕޭޕަރު ފޭސްބުކްގައި ދައުރުވާން ފެށުމުންނެވެ.
މި ކުއްޖަގެ ބައްޕަ ސައީދު އަސަދުﷲ ޕޫޔާ ބުނެފައިވަނީ މި މައްސަލައިގާ އެ ދެމަފިރިންނާ އެ ސަރަހައްދުގެ ރައްޔިތުން މިހާރު ދިމާކޮށް ފުރައްސާރަކުރާ ކަމަށާއި ނަމަވެސް ދަރިއަށް އެ ނަން ދިނީ ދަރިފުޅަށް ކާމިޔާބީ އެދޭތީ ކަމަށް އެ ދެމަފިރިން ބުނެފައި ވެ އެވެ.
ސައީދު ބުނެފައިވާގޮތުގައި ބައެއް މީހުން ފޭސްބުކްގައި ސައީދަށް މަރުގެ އިންޒާރުވެސް ދީފައި ވެ އެވެ. އެމީހުން އެހާ ރުޅިގަދަ ވަނީ މުސްލިމް ދެމަފިރިއަށް ލިބުނު ދަރިއަކަށް ޑޮނާލްޑް ޓްރަމްޕް ކިޔުމުން ކަމަށް ސައީދު ބުނެފައި ވެ އެވެ.
ސައީދު އިތުރަށް ބުނެފައިވަނީ ކޮންމެ ގޮތެއް ވިޔަސް ނަން ބަދަލު ނުކުރާނެ ކަމަށާއި ނަމަވެސް އާއިލާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ މިހާރު ބިރުގަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް