"ހައުސްފުލް 4" ގެ އަށް ވަނަ ތަރިއެއްގެ ގޮތުގައި ކްރިތީ ޓީމާއި ގުޅިއްޖެ

ބޮލީވުޑް ފިލްމު ހައުސް ފުލްގެ ހަތަރު ވަނަ ބައި ކުޅުމަށް ކްރިތީ ސަނަން ޓީމާއި ގުޅިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ކްރިތީ އަކީ އެ ޓީމާއި ގުޅުނު އަށް ވަނަ ތަރި އެވެ. "ހައުސްފުލް 4" ގައި އޭނާ ފެނިގެން ...

18 Mar 2018 | 02:49

ބޮލީވުޑް ފިލްމު ހައުސް ފުލްގެ ހަތަރު ވަނަ ބައި ކުޅުމަށް ކްރިތީ ސަނަން ޓީމާއި ގުޅިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކްރިތީ އަކީ އެ ޓީމާއި ގުޅުނު އަށް ވަނަ ތަރި އެވެ. "ހައުސްފުލް 4" ގައި އޭނާ ފެނިގެން ދާނީ އަކްޝޭ ކުމާރު ގެ ބައިވެރިޔާ ގެ ގޮތުގައި އެވެ. އެކަމަކު ކްރިތީގެ ރޯލާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާމައެއް ނުކުރެ އެވެ.

މި ދެ ތަރިންގެ އިތުރުން ދެން އެ ފިލްމުން ފެނިގެންދާނީ ބޮބީ ޑިއޯލް، ޖެކޮލިން ފެނާންޑޭޒް، ޕަރްނީތާ ޗޯޕްރާ، އަބީޝެކް ބައްޗަން، ކިއަރާ އަދްވާނީ އަދި ރިތޭޝް ދޭޝްމުކް އެވެ. މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ބެއާއިލީ ކީ ބަރްފީ" އިންނެވެ.

ސާޖިދު ހާން ޑައިރެކްޓު ކުރާ "ހައުސްފުލް 4" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. ހައުސްފުލް ސީރީޒްގެ 3 ވަނަ ފިލްމި ރިލީޒް ކުރީ 2016 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް