ޓީވީ ތަރި ރުބީނާ ދިލައިކް ކައިވެނި ކުރަނީ

ހިންދީ ޑްރާމާ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ރުބީނާ ދިލައިކް މިއަހަރު ކައިވެނި ކުރާނެ ކަން އިއުލާނުކޮށްފި އެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޑްރާމާ ސީރީޒްތަކުން ފެނިގެން ގޮސްފައިވާ އަބީނަވ...

18 Mar 2018 | 01:59

ހިންދީ ޑްރާމާ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ރުބީނާ ދިލައިކް މިއަހަރު ކައިވެނި ކުރާނެ ކަން އިއުލާނުކޮށްފި އެވެ.

އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޑްރާމާ ސީރީޒްތަކުން ފެނިގެން ގޮސްފައިވާ އަބީނަވް ޝުކްލާ އާއި އެވެ. މި ދެމީހުންގެ ގުޅުމަށް މިހާރު ހަތް އަހަރުވެއްޖެ އެވެ.

ރުބީނާ މީޑިއާގައި ބުނީ އެ ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު ކައިވެނި ކުރާނެ ކަމަށާއި އެކަމަކު އަދި ދުވަސް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

އަބީނަވް އަކީ ޕަންޖާބަށް ނިސްބަތްވާ މީހެކެވެ. އަދި ރުބީނާ އަކީ ހިމާޗަލް ޕްރަދޭޝް އަށް ނިސްބަތްވާ މީހެކެވެ. އެހެންވެ ކައިވެނި ހަފްލާ އޮންނާނީ އެ ދެ ސްޓޭޓްގެ ސަގާފަތާއި ގުޅުވައިގެން ކަމަށް އެ ދެމީހުން ބުންޏެވެ.

އަބީނަވް ފެނިގެން ގޮސްފައިވާ ޑްރާމާ ސީރީޒްތަކުގެ ތެރޭގައި "އޭކް ހަޒާރޯމޭން މޭރާ ބެހެނާ ހޭ" ހިިމެނެވެ. ރުބީނާ ގެންދަނީ މިހާރުވެސް ޑްރާމާ ސީރީޒް އެއްގެ ލީޑް ރޯލް ކުޅެމުންނެވެ. އެއީ "ޝަކްތީ އަސްތިތްވާ ކޭ އެހްސާސް ކީ" އެވެ.

ރުބީނާފެނިގެން ގޮސްފައިވާ އެހެން ޑްރާމާ ސީރީޒްތަކުގެ ތެރޭގައި "ޗޯޓީ ބަހޫ ސިންދޫރު ބިން ސުހާގަން" އަދި "ސާސް ބިނާ ސަސުރާލް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް