ޢޫތާ ދޫކޮށް އެތައް ހާސް ބަޔަކު ސަލާމަތީ އައްސޭރިތަކަށް

ހަތް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީރިޔާ ދާހިލީ ހަނގުރާމައިގާ މިހާރު ހަމަލާތައް އެންމެ ވަރުގަދަ ޢޫތާގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ސަލާމަތީ އައްސޭރި ތަކަށް ދަތުރު ކޮށްފި އެވެ. އެގޮތުން ސީރިޔާގެ ...

17 Mar 2018 | 22:29

ހަތް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީރިޔާ ދާހިލީ ހަނގުރާމައިގާ މިހާރު ހަމަލާތައް އެންމެ ވަރުގަދަ ޢޫތާގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ސަލާމަތީ އައްސޭރި ތަކަށް ދަތުރު ކޮށްފި އެވެ.

އެގޮތުން ސީރިޔާގެ ބިމުގައި ގާއިމްވެ ތިބެ ސީރިޔާ ދާހިލީ ހަނގުރާމައިގެ ކަންކަން ގާތުން މޮނީޓަރ ކުރަމުން އަންނަ "ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް" (އެސްއޯއެޗްއާރު) އިން ހާމަކޮށްފައިވާގޮތުގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި އެކަނިވެސް ޢޫތާ ދޫކޮށް ސަލާމަތީ އައްސޭރިތަކަށް ދަތުރުކޮށްފައިވާ މީހުންގެ އަދަދު ހަތް ހާހަށް އަރަ އެވެ.

ޢޫތާއަށް ދެމުން އަންނަ ހަމަލާތައް މެދުކަނޑާލަން އދގެ ސަލާމަތީ މަޖިލީޙުން އެންގި ނަމަވެސް އެކަމަށް ސީރިޔާ ސަރުކާރުން އިޖާބަ ދީފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޢޫތާއަށް ހަމަލާތައް ދެމުން އަންނަނީ ސީރިޔާގެ އަސްކަރިއްޔާ އާއި އެ އަސްކަރިއްޔައަށް ވާގިވެރިވަމުން އަންނަ ފައުޖުތަކުންނެވެ.

ސީރިޔާއިން ހާމަކޮށްފައިވާގޮތުގައި ޢޫތާއަށް ހަމަލާތައް ދެމުން އަންނަނީ ޢޫތާ އަކީ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދަކަށް ވުމުން އެ ކޮންޓްރޯލް އަތުލުގެ ގޮތުންނެވެ. އެގޮތުން ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި މަހެއްހާ ދުވަހު ހާހަކަށްވުރެ ގިނަ އާންމުން ވަނީ މަރުވެފައި އެވެ.

މިހާރު ޢޫތާގެ 70 އިންސައްތަ ސަރުކާރަށް ވާގިވެރިވާ ފައުޖުތަކުގެ ކޮންޓްރޯލް ދަށަށް ގެންގޮސްފައިވާއިރު ސީރިޔާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ހަމަލާތައް ހުއްޓާލާނީ ޢޫތާ އެކުގައި ސަރުކާރުގެ އަތް ދަށަށް ގެންދިއުމަށްފަހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް