ހުޅުމާލެ ފޭސް 2 ގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި ޤާއިމުކުރި އައުޓްޑޯ ޖިމް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މިއަދު...

18 Feb 2026 | 16:26
N/A

N/A

ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި ޤާއިމުކުރި އައުޓްޑޯ ޖިމް މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޖިމް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރެވެ. ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކު (ޓާފް ދަނޑު ކައިރި) ގައި ޤާއިމުކޮށްފައިވާ މި ޖިމުގައި ކަސްރަތުކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމެންޓް ބެހެއްޓިފައި ހުންނާނެއެވެ.

މި މަޝްރޫޢަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ނެޝަނަލް ފިޓްނެސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ސަރުކާރުގެ މި ވަޢުދު ފުއްދުމަށް އެއްބާރުލުންދީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް