ދީނީ ނަސޭހަތް ދިނުމަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖްތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.
"އެބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝިދު މިހެން ވިދާޅުވެފައިވާއިރު ޑރ. ބިލާލް ފިލިޕސް ރާއްޖެ ގެނައުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް އަންނަނީ ބުނަމުންނެވެ.
ދީނީ ދަރުސް ދިނުމަށް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނިންމާފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި އޭނާ ރާއްޖެ އަންނާނީ އަންނަ މަހުގެ 12 އިން 18 އަށެވެ. ދަރުސް ދެއްވާނެ މައުލޫއަކީ ސުލްހަ އާއި މަސަލަސްކަން ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް