މެދުތެރެއާ، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓްް އޮފީހުން ވަނީ ވ އަތޮޅުން ފެށިގެން ގއ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. ރޭވެސް އެ ސަރަހައްދަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.
އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އިރު އުތުރާއި އިރުން ގަޑިއަކު10 މޭލާއި20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި އެ ސަރަހައްދު ތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު12:15 ން ހަވީރު5:00 އަށެވެ.
މެޓް އޮފީހުން ބުނީ އެހެން ހިސާބުތަކަށް ވައި ޖެހޭނީ ފަސް މޭލާއި15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވެ ކަނޑުވެސް މަޑުވާނެ ކަމަށެވެ.
އެ އިދާރާއިން ވަނީ ކަނޑުގަދަވާނެ ކަމަށް ލަފާ ކުރާ ސަރަހައްދު ތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް