ޖެމައިކާއަށް އުފަން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިފަހަރު އޭނާ ރާއްޖެ ގެންނަނީ ޔޫތް މިނިސްޓްރީގެ ފަރާތުންނެވެ. އޭނާ ރާއްޖެ ވަޑައިގެންނަވާކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިލާލް ރާއްޖެ ވަޑައިގެންނަވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ދީީނީ ދަރުސްތަކެއް ދެއްވުމަށް ކަމަށެވެ. މިފަހަރު އޭނާގެ ދަރުސްތައް އަމާޒު ކުރާނީ އެއްބައިވަންތަކަމާއި، އަމާން ކަމަށް ޒުވާނުން ލޯބި ކުރުމާއި ގުޅޭގޮތުންނެވެ.
https://twitter.com/AhmedMahloof/status/1229651229426540544
ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނަވާނީ އަންނަ މާޗު މަހުގެ12 ން18 އަށެވެ.
އޭނާ އެންމެ ފަހުން ރާއްޖެ ވަޑައިގެންފަ ވަނީ2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އެފަހަރު އޭނާ ރާއްޖެ ގެނައީ ރާއްޖޭގެ ދީނީ ހަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަނުންނެވެ.
މިހާތަނަށް ދީނީ ދަރުސް ދެއްވުމަށް ޑރ ބިލާލް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް