ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅާނެކަމުގައި އިދިކޮޅު ކޯލީޝަނުން ބުނެފިއެވެ. މި ކޯލީޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޕްރޮގްރެސިވް އަދި ކޮންގްރެސް ކޯލީޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.
އެ ކޯލީޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅުމައި ޕާޓީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެންނެވެ.
އަދުރޭ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަށް އަދި މި ފެށުނީ ކަމަށާއި ދެން އެހާ ފަސޭހަކޮށް ނުތިބޭނެ ކަމަށެވެ. މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ އެގޮތުން ކުރާ ކަމެއް ކަމުގައި އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް