ބައެއް ކާރާއި ސައިކަލް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފި

މާލޭގައި ގަވާއިދާއި ހިލާފައް ޕާކް ކޮށްފައިވާ 180 ސައިކަލާއި 58 ކާރު ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިއީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮ...

18 Feb 2019 | 08:13

މާލޭގައި ގަވާއިދާއި ހިލާފައް ޕާކް ކޮށްފައިވާ 180 ސައިކަލާއި 58 ކާރު ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދު ކަމަށާއި މި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށާފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ނައްތާލަފައިވާ އުޅަނދުތަަކާއި ނައްތާލުމަށްޓަކައި އެފަދަ އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ މިގޮތަށް މަގުމަތީގައި ގަވައިދާއި ހިލާފަށް ގިނަ ދުވަސްވަންދެން ޕާކް ކޮށްފައި ހުންނަ ކާރާއި ސައިކަލް ނައްތާލުމުގެ ޕްރޮގްރާމެއް ހިންގައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް