‘ދުވަސް' ނުހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމުގެ ޚާއްސަ ފުރުސަތުތަކެއް އެ ނޫހުން ހުޅުވާލައިފިއެވެ.
އެގޮތުން އެ ނޫހާއި އެކު މަސައްކަތްކުރާ ކޮންމެ ކެންޑިޑޭޓަކަށް ދުވަސް ނޫހުގައި ވަކި ޕޭޖެއް ހެދުމަށް ވަނީ ނިންމާފައެވެ. މި ޕޭޖްގައި އެ ކެންޑިޑޭޓެއްގެ ޕްރޮފައިލް އާއި ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެ ކެންޑިޑޭޓެއް ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މީގެ އިތުރުން ދެ ފަރާތުން މަޝްވަރާކުރެވިގެން ނިންމާ އުސޫލެއްގެ ތެރެއިން ކެންޑިޑޭޓުންގެ ކެމްޕޭން މެޓޭރިއަލް ޑިޒައިންކޮށްދިނުމުގެ މަސައްކަތަތާއި ވީޑިއޯތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތްވެސް 'ދުވަސް' ނޫހުގެ ފަރާތުން ކޮށްދިނުމަށްވަނީ ނިންމާފައެވެ.
މިކަންތައްތަކުގެ މައުލޫމާތު ހޯދުމަށް 9770541 އަށް ގުޅުއްވުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް