އަލިފާނުގެ ހާދިސާގައި ހާލު ދެރަވި މީހާ ނިޔާވެއްޖެ

ފަތިހު ކަނޑުމަތީގައި ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލު ދެރަވި މީހާ ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފ. އަތޮޅު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ޝުއައިބު އިސްމާއިލް ވިދާޅުވީ އެ...

18 Feb 2019 | 02:51

ފަތިހު ކަނޑުމަތީގައި ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލު ދެރަވި މީހާ ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފ. އަތޮޅު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ޝުއައިބު އިސްމާއިލް ވިދާޅުވީ އެ ހޮސްޕިޓަލަށް އެމީހާ ގެނައި އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.

ވިދާޅުވީ ނިޔާވީ ފިހިގެން ނުވަތަ ގެނބިގެން ނޫން ކަމަށާއި އަދި ޝޮކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

"ފިހިގެން ނުވަތަ ގެނބިގެން ނޫން ނިޔާވީ، ބިރުން ޝޮކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެނީ" ޝުއައިބު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ނިޔާވި މީހާގެ އެއްވެސް ލިޔެކިޔުމެއް ނެތުމުން ސީދާ އެއީ ކާކުކަން އަދި ނޭނގޭ ކަމަށާއި ނަމަވެސް އެއީ ދިވެއްސެއްކަން އެނގޭ ކަމަށެވެ. އަދި އެއީ ފުވައްމުލަކު މީހެއް ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިވާކަމުގައިވެސް ޝުއައިބު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް