ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވި ދޯނީގެ ގެގަނޑު އެއްކޮށް އަނދައި ބޮޑުބައެއް އަޑީގައި އޮތް އިރު އޭގެން ދަތުރުކުރި 16 މީހުންގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމުގައި ސިފައިން ބުނެފިއެވެ.
މީޑީއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފ. ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ "ރަވާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ފަތިހު 4:45 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ރަވާނާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގެ ބޯޑުބައެއް ވަނީ އަޑީގައި ކަމަށާއި ބޯޓުގައި ތިބި 16 މީހުން އެހެން ދޯންޏަކަށް ނަގާފައިވާކަމަށެވެ. ނެގި 16 މީހުން ސީ އެމްބިއުލާންސްގައި ދ. މީދޫއަށް ގެންދިއުމުގެ ދަތުރު ފަށާފައިވާއިރު އެކަކުގެ ހާލު ދެރަކަމަށް ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް