މާލޭގައި އަލިކޭގެފާނު މަގުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފިއެެވެ.
ފުލުހުން ބުނީ 12:45 ހާއިރު ހިނގި މާރާމާރީގައި ޒަހަމްވެފައިވާ މީހާ އަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ޒަހަމްވީ 22 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާގެ ބޮލުން ދެ އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭނާގެ ބޮލަށް ލިބުނު ގެއްލުމުގެ އިތުރު ގެއްލުމެއް ލިބުނު ކަމެއް އަދި އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
އަދި މި މާރާމާރީ އާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެ މައްސަލާގައި ވަޅިއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮަސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް