އިމާރާތަކުން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހަކު ޒަހަމް ވެއްޖެ

މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ މިރޭ 23:3...

18 Feb 2019 | 00:57

މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ މިރޭ 23:34 ހާއިރު ކަމަށެވެ. އަދި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި މަޢުލޫމާތު ލިބޭ ވަރަކުން ޙިއްސާ ކުރަމުން ދާނެ ކަމަށް ފުލުުހުން ވިދާޅުވެއެވެ.

ސަބުދެރިޔާ މަގުގައި ހުރި ގެއަކުން ވެއްޓުނު ކަޓިން ބޯޑުން ޖެހުމުން ޒަހަމްވެފައިވަނީ 58 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އޭނާ ފަރުވާދެމުން އަންނަ އިރު، ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

މާލޭގެ ގެއަކުން ކަޓިންބޯޑެއް ވެއްޓި މީހަކު ޒަހަމްވެފައިވާއިރު، މިރޭ 19:50 ހާއިރު ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ގަލަކުން ޖެހި، 44 އަހަރުގެ ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ. އާސަންދައިން ބުނީ އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި، ގަލުން ޖެހުމުން އޭނާގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް