ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި، ބިދޭސީއަކު މަރުވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒަހަމްވެގެން އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. މި ހާދިސާގަައި މަރުވީ 44 އަހަރުގެ ފިިރިހެނެކެވެ. އަދި އެ މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއްވެފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ ހަދަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ގަލެއް ވެއްޓުނު ގަލަކުން ބިދޭސީއެެއްގެ ބޮލުގައި ޖެހި މަރުވި، މައްސަލަ އެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް މިރޭ 19:50 ހާއިރު ފުލުހުންނަށް ލިބިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް