އިތުރު ފަރުވާއަށް، ނޫސްވެރިޔާ ހުސެއިން ލަންކާއަށް ފޮނުވާލައިފި

މުޒާހަރާ ކަވަރު ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރުމުގައި އަނިޔާ ލިބުނު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން، އިތުރު ފަރުވާއަށް ލަންކާއަށް ފޮނުވާލައިފި އެވެ. ރާއްޖެ ޓީވީން ބުނެފައިވަނީ ހުސެއި...

18 Feb 2018 | 11:59

މުޒާހަރާ ކަވަރު ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރުމުގައި އަނިޔާ ލިބުނު ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން، އިތުރު ފަރުވާއަށް ލަންކާއަށް ފޮނުވާލައިފި އެވެ.

ރާއްޖެ ޓީވީން ބުނެފައިވަނީ ހުސެއިން ލަންކާއަށް ފޮނުވާލީ އެތެރެ ހައްޓަށް އަނިޔާވެފައިވާއިރު ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ.

ފްލައިޓަށް އަރަން އުޅެނިކޮށް ފުލުހުން ހުސެއިން ހައްޔަރު ކުރަން އުޅުނު ކަމަށްވެސް ރާއްޖެ ޓީވީން ބުނެފައި ވެ އެވެ. ރާއްޖެ ޓީވީން ބުނެފައިވަނީ ހުސެއިން ލަންކާއަށް ފުރުމަށް ބޯޑިން ފާސް ކެނޑި ފަހުން ފުލުހުން ވަނީ އެއާޕޯޓަށް ގޮސް އޭނާއާ ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދަން މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް އޭރު އިމިގްރޭޝަނުން ޗެކްކޮށް ބޯޑިން ފާސް ކަނޑާފައިވާތީ އޭނާ ހައްޔަރުކުރަން ގާނޫނާއި ގަވާއިދު ތަންނުދޭ ކަމަށް އޭނާއާ އެކު ދަތުރުކުރި އެހީތެރިޔާ ފުލުހުންނަށް އެންގުމުން ފްލައިޓަށް އެރުވުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި ކަމަށެވެ.

"ހުސައިން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ. މީގެ ކުރިން ހުސައިން އަށް އަނިޔާވެގެން ފަރުވާ ދިނުމަށް ގެންދިއުމުން ފުލުހުން ބުނެފައި ވަނީ ހުސައިން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ" ރާއްޖެ ޓީވީން ބުނެފައި ވެ އެވެ.

ރާއްޖެ އެމްވީގައި ރިޕޯޓް ކޮށްފައިވާގޮތުގައި ފުރުމުގެ ކުރިން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ހުސެއިން ބުނީ އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި  ލާއިންސާނީ އަނިޔާކުރި ފުލުހުންނަން ހިތުގައި އެއްވެސް ކިލަނބު ކަމެއް ނެތް ކަމަށާއި، އެދެނީ އަނިޔާކުރި ފުލުހުންނަން ހެޔޮވިސްނުން މިންވަރު ކުރުން ކަމަށް ހުސައިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް