ޔުމްނާ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން ސުޕްރީމް ކޯޓުނ...

18 Feb 2018 | 11:23

ރާއްޖޭގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ޔުމްނާ ފަރާތުން ސުޕްރީމް ކޯޓުން ހުށަހެޅި މައްސަލައަކީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ގަރާރުގެ ސައްހަކަން ކަނޑައަޅައިދިނުމަށްއެދި ޔުމްނާ ހުށަހެޅި ދުސްތޫރީ މައްސަލަ އެކެވެ.

މި މައްސަލަ ނިންމިގޮތް ހާމަކުރަމުން ސުޕްރީމް ކޯޓުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ނަންބަރު: 2018/3 ގަރާރަކީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ހިލާފު ގަރާރެއް ކަމަށް ބަލަންޖެހޭ ދުސްތޫރީ އަސާސެއް ނެތް ކަމަށެވެ.

އަދި މި މައްސަލަ ހުށަހެޅި މ. އެންދެރިމާގެ / މާލެ، ޔުމްނާ މައުމޫންގެ ފަރާތުން ހުށަހެޅި ސަބަބުތަކަށް ބަލައި މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ މައްސަލައެއް ކަމަށް ނުފެންނާތީ، މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް