މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ، ނައިފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ނައިފަރުގެ މަގުތަކަކީ ރައްކާތެރި، އަމާން މަގުތަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
"ނައިފަރުގައި ދުއްވާ 28 އުޅަނދު މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވާއިރު، ޤަވާއިދާއި ޚިލާފްވެފައިވާ 03 ފަރާތަކާމެދު ފިޔަވަޅުއަޅައި ނަސޭޙަތްތެރިވެފައިވެއެވެ." ފުލުހުން ބުނެފައި ވެ އެވެ.
ރަށްރަށުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ ޓްރެފިކް އޮޕަރޭޝަންތައް ފުލުހުން އަންނަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް