ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު ޖަލުގައި ތިބި މެމްބަރުން ޖަލްސާއަށް ގެންނަން ޖެހޭނެ ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.
މަހްލޫފްގެ ޓްވީޓްގައި ބިދާޅުވެފައިވަނީ މަޖިލިސް ޖަލްސާ ބާއްވަން ޖެހޭނީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތަށް ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި 12 މެމްބަރުންނަށްވެސް ޖަލްސާގައި ބައިވެރިވެވޭގޮތަށް އަދި އަމުރުގައިވާގޮތަށް ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭގޮތަށް ކަމަށެވެ.
"12 އެމްޕީސް އަށް މަޖިލިސް މެސެޖު ލިބުނު ގޮތަށް ޖަލުގައި ތިބި އެމްޕީސް ޖަލްސާއަށް ގެންނަން ޖެހޭނެ" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
މާދަމާ ޖަލްސާއެއް ބާއްވަން ނިންމާފައިވީނަމަވެސް ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް