ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް މަޖިލީހުގެ އިދާރާ އިން މިއަދު ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ބައްވަން އުޅެނީ ދައުރުން ބޭރު ޖަލްސާ އެކެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00ގައި އެވެ.
މާދަމާ ޖަލްސާއެއް ބާއްވަން އުޅޭކަން އެނގުނު ނަމަވެސް ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބެ އެވެ. މަޖިލީހުން ބުނަނީ ޖަލްސާގެ އެޖެންޑާ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށްފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ. =
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް